ފޮރެކްސް ޓްރޭޑިންގައި ދިވެހިންނަށްވެސް ފައިސާ ހޯދުމުގެ ފުރުޞަތު މިވަނީ ވަރަށް ބޮޑަށް ހުޅުވިފައި. ދިވެހިރާއްޖެ އޮންނަ ޓައިމްޒޯންގެ ސަބަބުން ފޮރެކްސް ޓްރޭޑްކުރުމަށް މުޅި ދުނިޔެއިންވެސް އެންމެ ރަނގަޅު ލޮކޭޝަނަކީ މި ދިވެހިރާއްޖެ.

މަތީގައިވާ ފޮޓޯއިން އެ ފެންނަނީ ފޮރެކްސް ޓްރޭޑަރއެއްގެ އާމްދަނީއެވެ. އެގޮތުން އޭނާގެ އެކައުންޓް ބެލެންސް 4،651.40$ ގައި ހުރިއިރު އޭނާ ޓްރޭޑް ކުރަމުން ދިޔަ ޕޮޒިޝަންތަކުން 6،079.87$ އެވަނީ ޖެނެރޭޓް ކުރެވިފައެވެ. އަދި އޭނާގެ އެކައުންޓްގެ ޖުމްލަ އެވަނީ 10،731.27$ އަށް އަރާފައެވެ. ޓްރޭޑް ކުރަން ފެށުމަށް އެކައުންޓެއް ހުޅުވުމަށް އަވަހަށް މި ލިންކަށް ފިތާލުމަށްފަހު އެކައުންޓެއް ރަޖިސްޓަރ ކުރައްވާ.

ފޮރެކްސް ޓްރޭޑް ކުރުމަކީ ވަރަށް ކުޑަ އަދަދެއް އިންވެސްޓްކޮށްގެންވެސް ފަށައިގަނެވޭނެ ކަމެއް، އެގޮތުން ހަމަ އެންމެ 155 (ސަތޭކަ ފަންސާސް ފަސް ރުފިޔާ) އަށްވެސް މިއަދުން މިއަދަށްވެސް މިކަން ފަށައިގަނެވޭނެއެވެ. އެކަމަށްޓަކައި އެންމެ ފުރަތަމަ އެކައުންޓެއް ހުޅުވުމަށް މި ލިންކަށް ފިތާލުމަށްފަހު ރަޖިސްޓްރީ ކޮށްލާ.
ފޮރެކްސް ޓްރޭޑް ކުރުމަށް ބޭނުންވާނެ ތަކެތި.
- އިންޓަރނެޓް ކަނެކްޝަން
- ފޯނު ނުވަތަ ލެޕްޓޮލް ނުވަތަ ކޮމްޕިއުޓަރ
- ރިއަލް އެކައުންޓްގައި ޓްރޭޑް ކުރުމަށް ފައިސާ
- ފައިސާ ޖަމާކޮށް ފައިސާ ނެގުމަށް ވީޒާ ޑެބިޓް ކާޑު
ފޮރެކްސް ޓްރޭޑް ކުރުމަށް ދިވެހިރާއްޖޭގެ ލޮކޭޝަން އެންމެ ކަމުދަނީ ކީއްވެ؟
ދުނިޔޭގެ ގިނަ ގައުމުތަކާ ހިލާފަށް ދިވެހިރާއްޖެ މި އޮންނަ ލޮކޭޝަނުގެ ސަބަބުން އެހެން ގައުމުތަކަށް ނުލިބޭ ވަރަށްބޮޑު ފައިދާއެއް ދިވެހިރާއްޖޭގައި ތިބެގެން ފޮރެކްސް ޓްރޭޑް ކުރާ ފަރާތްތަކަށް ލިބެއެވެ. އެ ފައިދާއަކީ ފޮރެކްސް މާކެޓްތައް ހުޅުވި އަދި ބަންދުވާ ގަޑިތަކެވެ. އެ ގޮތުން އެންމެ ފުރަތަމަ ހަފްތާ ފެށޭއިރު ފޮރެކްސްގެ އޭސިޔާ މާކެޓް ހުޅުވޭނީ ދިވެހިންނަށް ފަތިހުގެ ވަގުތުގައެވެ. އެވަގުތަކީ ދިވެހިންނަށް ފަތިސް ނަމާދުކޮށްލައިގެން މާކެޓް އެނަލައިސިސް ހަދާލުމަށް ރަނގަޅު ވަގުތެކެވެ. އަދި އެނަލައިސިސް ހެދުމަށްފަހު ޓްރޭޑް ކުރާނެ ޕެއާރތައް ފާހަގަކޮށް އޭސިޔާ މާކެޓް ބަންދުކޮށް ލަންޑަން މާކެޓް ހުޅުވުމަށް ފަށާއިރު ޓްރޭޑް ކުރަން ފެށިދާނެއެވެ. އެވަގުތަކީ ދިވެހިންނަށް މެންދުރު ވަގުތެވެ. އަދި ލަންޑަން މާކެޓްގައި ޓްރޭޑްކުރަން ފަށާފައިވާ ޕޮޒިޝަންތައް ކްލޯޒްކުރުމަށް ނިޔުޔޯކް މާކެޓް ބަންދުވާ ވަގުތު ކަނޑައެޅިދާނެއެވެ. އެވަގުތަކީ ދިވެހިން ގާތްގަނޑަކަށް ނިދުމަށް ތައްޔާރުވަމުންދާ ވަގުތެވެ. ފޮރެކްސް މާކެޓް ހުޅުވިފައި ހުންނަ ކޮންމެ ދުވަހަކުވެސް ފޮރެކްސް މާކެޓްގެ ޓައިމްތައް ހުންނާނީ މިގޮތަށެވެ. އެހެންކަމުން މިއީ ދިވެހިންނަށް ޕްރޮފެޝަންއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ފީލްޑެއްކަމުގައި ބެލެވެއެވެ.

ފޮރެކްސް ޓްރޭޑިންއަކީ ކޮންމެ ހާލަތެއްގައިވެސް އެއިން ފައިސާ ހޯދިދާނެ މާކެޓެކެވެ. އެގޮތުން ދުނިޔެއަށް ކުރިމަތިވާ ބޮޑެތި އިގްތިސާދީ ބަދަލުތަކުން އެތައް ވިޔަފާރިއެއް ބަނގުރޫޓުވަމުންދާއިރުވެސް އަހަރެެންނަށް ފޮރެކްސްއިން ފައިސާ ހޯދިދާނެއެވެ. މިވަގުތު ދުނިޔެ މިއޮތް ޕެންޑަމިކްގެ ހާލަތުގައިވެސް ގޭގައި ތިބެގެން ފޯނުން ނުވަތަ ކޮމްޕިއުޓަރުން ފޮރެކްސް މާކެޓުން ފައިސާ ހޯދިދާނެއެވެ.
ފޮރެކްސް ޓްރޭޑިންއަކީ ކޮބާ؟
އެންމެ ތިލަކޮށްބުނުމަށް ރާއްޖެއިން މިސާލެއް ނަގާނަމަ މިއީ 15.42 އަށް ޑޮަލަރު ގަތުމަށްފަހު ޑޮލަރުގެ އަގު 17 ނުވަތަ 18 އަށް އެރުމުން ކުރިން ގަތް ޑޮލަރުތައް ވިއްކާލުމަށްފަހު ފައިސާ ހޯދުމާ ދާދި އެއްގޮތަށް ކުރެވޭ ކަމެކެވެ.

ފޮރެކްސް މާކެޓަކީ ދުނިޔޭގެ އެންމެ ބޮޑު ކަރަންސީ މާކެޓެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 5 ޓްރިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާ މި މާކެޓްގައި ދައުރުވެއެވެ. އެހެންކަމުން ހަމަ ކޮންމެ މީހަކަށްވެސް މި 5 ޓްރިލިއަން ޑޮލަރުން ކޮންމެވެސް މިންވަރެއް ހޯދުމަށް މަސައްކަތް ކުރުމަކީ މިއަދު ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. މާކެޓަށް އެކްސެސްވުމަށް އެކައުންޓެއް ހުޅުވުމަށް މި ލިންކަށް ފިލާތުމަށްފަހު ރަޖިސްޓްރީ ކޮށްލައްވާ.
ތަރުތީބު ކުރެވިފައިވާ ގޮތް
ފަށައިގަތުމަށްޓަކައި މިކަން ތަރުތީބު ކުރެވިފައިވާގޮތް އެނގުން މުހިއްމު، އެގޮތުން މިކަން ކުރާނެގޮތް ތަރުތީބުން ތިރީގައި އެވަނީއެވެ.
- އެންމެ ފުރަތަމަ ޓްރޭޑްކުރުމަށް އެކައުންޓެއް ހުޅުވާނީއެވެ. އެގޮތުން މި ލިޔުމުގައި ބަލާލާނީ އެކްސްނެސްގައި ޓްރޭޑް ކުރުުމުގެ މައްޗަށެވެ. އެކްނެސްއަކީ ޓްރޭޑިންގ މާކެޓާ މީހާ ގުޅުވައިދޭ ބްރޯކާއެވެ. މި ގޮތަށް އެކި އެކި ވެބްސައިޓްތައް ބްރޯކާގެ ގޮތުގައި ހަރަކާތްތެރިވެއެވެ. އެކްސްނެސްގައި އެކައުންޓެއް ހުޅުވުމަށް މި ލިންކަށް ފިތާލާށެވެ.
- ލިންކަށް ފިތާލުމުން ދެން ހުޅުވޭ ޕޭޖްގައި ރަޖިސްޓްރީ ކޮށްލާށެވެ. މި ރަޖިސްޓްރޭޝަންގައި ބޭނުންކުރާ ކްރެޑެންޝިއަލްސް އަކީ ވެބްސައިޓަށް ވަނުމަށް ބޭނުންކުރާ ކްރެޑެންޝިއަލްސް އެވެ.
- ރަޖިސްޓްރީވެ ލޮގިން ވުމަށްފަހު “މައި އެކައުންޓްސް” އަށް ގޮސް “އޯޕެން ނިއު އެކައުންޓް” އަށް ގޮސް އެކައުންޓެއް ކުރިއޭޓް ކުރާށެވެ. މި އެކައުންޓަކީ ޓްރޭޑް ކުރުމަށް ބޭނުން ކުރާނެ އެކައުންޓެވެ.
- ޓްރޭޑިން އެކައުންޓެއް ކުރިއޭޓް ކުރުމުން އެ އެކައުންޓްގެ ޑީޓެއިލްސް އީމެއިލް އަށް ދާނެއެވެ. އެ ޑީޓެއިލްސްގައި ހިމެނޭނީ (އެކައުންޓް ނަންބަރު / ސަރވަރ / ޕާސްވޯޑް) އެވެ.
- މި ޑީޓެއިލްސްތަކަކީ ޓްރޭޑިން ޕްލެޓްފޯމަށް ލޮގިން ވުމަށް ބޭނުން ކުރަންޖެހޭނެ ޑީޓެއިލްސްއެވެ. ޓްްރޭޑްކުރުމަށް މެޓަރޓްރޭޑަރ 4 ނުވަތަ މެޓަޓްރޭޑަރ 5 ބޭނުން ކުރެވިދާނެއެވެ. މިއީ ޑެސްކްޓޮޕް އަދި ސްމާޓްފޯނަށްވެސް ހިލޭ ޑައުންލޯޑްކޮށްގެން ބޭނުންކުރެވޭނެ ދެ ސޮފްޓްވެއަރ އެވެ.
- މެޓަރޓްރޭޑަރ އަށް ލޮގިން ވުމަށް މަތިން 4 ވަނަ ޕޮއިންޓްގައި ބުނެފައިވާ ޑީޓެއިލްސް ބޭނުންކުރާށެވެ.
- ރިއަލް އެކައުންޓްގައި ޓްރޭޑް ކުރުމަށް ފައިސާ ޖަމާކުރުމަށް އެކްސްނެސް ވެބްސައިޓަށް ލޮގިން ކޮށް “މައި އެކައުންޓްސް” ޓެބަށް ދިއުމަށްފަހު ބޭނުންވާ ޓްރޭޑިންގ އެކައުންޓަކަށް ފައިސާ ޖަމާކުރާށެވެ. ފައިސާ ޖަމާކުރުމަށް ވީސާ ޑެބިޓް ކާޑު ބޭނުން ކުރެވިދާނެއެވެ.
- ފައިސާ ޖަމާ ކުރުމުން އެކައުންޓްގެ ބެލެންސް މެޓަރ ޓްރޭޑަރއިން ފެންނަން ހުންނާނެއެވެ.
- މަތީގައިވާ ހުރިހާ ކަމެއް ކުރުމުން ދެން އެހުރީ ޓްރޭޑް ކުރަން ތައްޔާރުވެފައެވެ. މިހާރު ދެން މެޓަރޓްރޭޑަރ ގައި ޓްރޭޑް ކުރަން ފަށަންވީއެވެ.

އެކައުންޓް ހުޅުވުމާއި އަދި އެނޫންވެސް ފޮރެކްސްއާ ގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މި ލިޔުމުގެ ކޮމެންޓް ސެކްޝަނަށް ސުވާލު ފޮނުވާ. ކޮންމެ ސުވާލެއްގެ ޖަވާބުވެސް ވަރަށް އަވަހަށް ލިބޭނެކަމަށް ބައްލަވާ.
މޮބައިލް ފޯނުގައި ޓްރޭޑްކުރުމަށް ސެޓަޕް ހަދާނެގޮތް ވީޑިއޯއިން.